ދިރާގުގެ 14 ވަނަ ރޯޑް ރޭސް ވެސް ކާމިޔާބު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރޯޑްރޭސް، ދިރާގު ރޯޑްރޭސް އިއްޔެ ބާއްވައިފިއެވެ. ހުޅުމާލޭގައި އޮތް މި ރޭސް ފައްޓަވާދެއްވީ އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްއެވެ. މިރޭހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ދިރާގު ރޯޑްރޭސްގެ މިއަހަރުގެ ޝިޢާރަކީ ކުޑަކުދިން ޙިމާޔަތްކޮށް އެކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް ބާރުއަޅާ އެކަމަށް ހޭލުންތެރިކުރުވުމެވެ.

Image
ދިރާގު ރޯޑްރޭސް، ފޮޓޯ: ދިރާގު


ދިރާގުގެ ރޯޑްރޭސްގެ 14 ވަނަ ރޭހުގައި މިފަހަރުގެ ރޭހުގައި 4000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަށް ދިރާގުން ވިދާޅުވެފައިވާއިރު، މިފަހަރު ރޭހުގައި 3 ކެޓަގަރީއަކުން މީހުން ބައިވެރިވިއެވެ. އެގޮތުން 10 ކިލޯމީޓަރުގެ ބައިގައި 600 މީހުން ބައިވެރިވެފައިވާއިރު، 5 ކިލޯމީޓަރުގެ ބައިގައި 3000 މީހުން ބައިވެރިވި ކަމަށް ދިރާގުން ވިދާޅުވެއެވެ. އަދި މުޅި އަލަށް މިއަހަރު ތަޢާރަފްކުރި ހާފް މެރަތަންގައި 200 މީހުން ބައިވެރިވެފައިވާކަމަށް ދިރާގުން ވިދާޅުވެއެވެ.

 

Image

ދިރާގު ރޯޑްރޭސް، ފޮޓޯ: ދިރާގު


ރާއްޖޭގެ 12 ޖަމިއްޔާއަކުން ބައިވެރިވި މިރޭހުގައި ރާއްޖެއާއި ރާއްޖެއިން ބޭރު މީހުންވެސް ބައިވެރިވިއެވެ. މިރޭހުގައި އެކިކެޓަގަރީތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. އަދި ހުރިހާ ކެޓަގަރީއަކުން ހަމައެކަނި ދިވެހިން ހިމެނޭހެންވެސް ވަނަތައް ހޮވާފައިވެއެވެ.

މި ރޯޑްރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ރޭހެވެ. ދިރާގު ރޯޑް ރޭހަކީ ތިމާވެއްޓާއި ރައްޓެހިކޮށް ކުރިއަށްގެންދާ ރޭހެއްކަމުން މިރޭސް ކުރިއަށް ގެންދިޔައީ ޕްލާސްޓިކް ފްރީ ރޭހެއްގެ ގޮތުގައި ކަމަށް ދިރާގުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު