Thursday, 18 April 2024

ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ދައުރުކުރަނީ

ޕީޕީއެމްގެ ނަމުގައި، އެސްއެމްއެސްއަކާއެކު ސްޕޭމް ލިންކުތަކެއް ފޯނުތަކަށް ފޮނުވަން ފަށައިފިއެވެ.

ޕީޕީއެމްގެ ނަމުގައި ރެއިންސުރެ ޕެކޭޖް ޑެލިވަރީގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެއް ލިބެމުން ގޮސްފައިވެއެވެ. ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް މެސެޖުގައި ވެއެވެ.

ބައެއް މީހުންނަށް ދެތިން ފަހަރު ވެސް މި މެސެޖް ފޮނުވާފައި ވެއެވެ.

ޕީޕީއެމުން މިއަދު ވިދާޅުވީ، އެއީ ސްޕޭމް މެސެޖުތަކެއް ކަމަށާއި، އަދި މެސެޖްގައިވާ ލިންކަށް ނުވަނުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

ޑީއެޗްއެލްގެ ޕެކޭޖަކަށް ފައިސާ ދެއްކުމަށް އެދި މިދިޔަ މަހުގެ ތެރޭގައި ވެސް، ޓީއެމްއޭގެ ނަމުގައި މިފަދަ މެސެޖްތަކެއް ދައުރުވިއެވެ.

މިފަދަ މެސެޖުތަކާއެކު ފޮނުވަމުންދާ ލިންކުތަކަށް ނުވަނުމަށް، ބީއެމްއެލްއިން ތަކުރާރުކޮށް ހަނދުމަކޮށްދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *