ޔޮޓުގައި އަލިފާން ރޯވުން؛ އެތައް މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް

ރިޒްކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓުގައި އަލިފާން ރޯވި ހާދިސާގައި އެ ޔޮޓުގެ ބޮޑު ބައެއް އަނދައިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ، އަލިފާން ރޯވީ "މެޖެސްޓީ 62″ ނަމަކަށް ކިޔާ ޔޮޓެއްގައެވެ. އެ ޔޮޓްގައި ރޯވި ވަގުތު ޓޫރިސްޓުންގެ އިތުރުން ހަތަރު ފަޅުވެރިން އޭގައި ތިއްބެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެ ވަނީ ސަލާމަތް ކޮށްފައެވެ.

އެމްއެންޑީއެފް އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ސަލާމަތް ކުރީ ރިޒްކާލްޓަން ފަރި ރިސޯޓްގެ ލޯންޗަކުން ކަމަށެވެ.

މިއަދު ހެނދުނު 7:37 ގައި އެ ޔޮޓުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ 9:48 ހާއިރު ކަމަށާއި، އެއްކޮށް އަލިފާން ގަނޑު ނިވާލެވިފައި ވަނީ މިއަދުގެ 10:14 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް މި ލަގްޒަރީ ޔޮޓަށް ލިބިފައި މިވަނީ ފައިސާގެ ގޮތުން ކިހާ އަދަދެއްގެ ގެއްލުމެއް ކަމެއް އަދި އެ ޔޮޓް އޮތީ އިންޝްއަރެންސް ކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. މަޢުލޫމާތު ލިބޭގޮތުން އެ ޔޮޓުގެ ވަރަށް ބޮޑުބައި އަނދައި އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވަނީ ވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު