Thursday, 18 April 2024

ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ހއ. އަތޮޅުގައި ދަތުރު ކުރަމުންދިޔަ ލޯންޗްއަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫގައި ލޯންޗްއަކާއި ދޯންޏެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން އިހަަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ނިޔާވެފައި ވަނީ ދޯނި ދުއްވަން އިން އެރަށު އަބްދުއް ރަޝީދު (68 އަހަރު) އެވެ.

އޭނާ ވިދާޅުވީގޮތުގައި، އެކްސިޑެންޓްވީ ހިބަރު މަސްވެރިކަން ކުރުމަށް ނުކުތް ދޯންޏަކާއި، މަސް ބާނަން ނުކުތް ލޯންޗެކެވެ.

އެ ދޯނީގައި ލޯންޗް ޖެހިފައި ވަނީ މަސްވެރިކަން ކުރުމަށްފަހު އަނބުރި ރަށަށް އައި މަގުމަތީގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގިއިރު، ދޯނީގައި ދެ މީހެެއް އަދި ލޯންޗްގައި ހަތަރު މީހަކު ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. މީގެއިތުރުން، ހާދިސާގައި ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެެގެން ދަނީ ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލާުމާތު ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *