Sunday, 06 October 2024

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފި

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރަައީސް ޔާމީން އަބްދުލްޤައްޔޫމް ރަށު ބަންދަށް ބަދަލުކޮށްފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުވަނީ އެމަނިކުފާނު އިންތިޚާބުވެވަޑައިގަތްކަން ކަށަވަރުވުމާ ގުޅިގެން ބޭއްވެވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.  އޮކްޓޯބަރު އެއް ވަނަ ދުވަހު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގަތްތާ 24 ގަޑިިއިރުވެސް ނުވަނީހެވެ.

އޭގެ ފަހުން ރައީސް ޔާމީން ހުންނެވީ ގޭ ބަންދުގައެވެ.

ރައީސް ޔާމީން މިހާރު ރަށު ބަންދަށް ބަދަލު ކޮށްފައިވާކަން މަޢުލޫމާތު ލިބެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އާއްމު ޖަލްސާ ތަކުގައި ބައިވެރިވެވޭ ގޮތަށް ރައީސް ޔާމީން މިހާރު ވަނީ ރަށު ބަންދަށް މިހާރު ބަދަލު ކުރައްވާފައެވެ.

ރަށު ބަންދަށް ބަދަލުކުރެއްވުމުން، މާލޭގައި އެމަނިކުފާނަށް އާންމު ރައްޔިތުންނާއި ބައްދަލު ކުރެވޭނެއެވެ. ހަމައެހެންމެ މާލޭގައި  ކުރިއަށް ގެންދާ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.

ކުރީގެ ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޖަލުގައިތިބިއެހެނމީހުންތަށުބަންދަށްބަފަލުނުވީކީއްވެޢަދުލުއިންސާފުޤށއިމިކުރަންއައިވެރިމީހާޢަދުލުއިންސާފުނަގައިލީތަގޭގައިހުރެމީހުނާއިބައްދަލުވުންރަނގަޅުޖަލްސާތަކަޢްދިއުންހަމަހަމަކަންގެއްލިއިންސާފުގެއްލުނީ

  2. 11އަހަރުގެޖަލުހުކުމްކޯޓުންކުރީމައިކަރެކުޝަނުންމަގުމައްޗައްދުލެއއނުކުރެވޭނެކޯޓުހުކުމައްވުރެކަރެކިޝަންބާރުގަދައީތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު