Tuesday, 23 July 2024

ނަޝީދުގެ މައްސަލައަށް އެމްޑީޕީއަށް ފަރުވާއެއް ނުހޯދުނު؛ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ އެއްވެސް މަގެއް ނުފެނުމުން، އެކަމަށް ޙައްލެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ދާން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ މަޤާމުން ދުރުކުރުމަށް، 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އޮތީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް ނައިބު ރައީސް އީވާ  އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ އަންގަވާފައެވެ.

އެކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤް (މޯޑް) ވިދާޅުވީ ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށާއި، ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ޤަވައިދުގެ 44 ވަނަ މާއްދާގައި  ބަޔާން ކޮށްފައިވާ ކަމަށާއި، އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުން ކަމަށެވެ.

އޭގެ އިތުރުން މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ވެސް ސާފުކޮށް ޤަވައިދުގައި ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ޤާއިމް ކުރެވިފައިވާ ޤައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ގުޅިގެން މުޅި މަޖިލިސް ހުއްޓުވާލާފައި ބޭއްވޭނެ އެއްވެސް ގޮތެއް ޤަވައިދުގެ ތެރޭގައި ނެތް ކަމަށެވެ.

ނަޝީދު ވަކި ކުރުމުގެ ޤަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފައެވެ.

ހަމައެހެންމެ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށްވެސް އެމްޑީޕީން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެމްޑީޕީ ވުޖޫދުން ފޮހެލަން ޖެހޭ އެއްދުވަހު އިތުބާރު އޮވެފަ އަނެއްދުވަހު އިތުބާރު ނެތިފަ މީ ބަތްކައްކާ ކުޅޭތަނެއްތަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު