18 ޖަނަވަރީ 2025

މިއީ މިނިވަންކަމަަށް ކުރެވޭ ދެވަނަ ބޮޑު ހަނގުރާމަ، މިދަނީ އުނދަގޫ ދިގު ހަނގުރާމައަކަށް: އިސްރާއިލުގެ އަނިޔާވެރިޔާ

އުނދަގޫ ދިގު ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަމަށް އިޒުރޭލުގެ އަނިޔާވެރިޔާ، ބޮޑު ވަޒީރު ބެންޖަމިން ތަންޔާހޫ ބުނެފިއެވެ.

އޭނާ މިއަދު ބޭއްވި ޕްރެސްއެއްގައި ބުނެފައިވަނީ، ޣައްޒާއަށް ވަދެގަތުމަށްޓަކައި ކުރަމުން އަންނަ ހަނގުރާމައަށް ނިމުމެއް ނާންނަ ކަމަށާއި އެކަމާ ގުޅޭ އޮޕަރޭޝަންތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ މިހެން ބުނެފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން، އެމެރިކާގެ އެހީތެރިކަމާ އެކު، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 7,703 އަށް އަރާއިރު، އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 17,400 އަށް އަރާއިރު، އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި، 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެ ޤައުމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ބޮޑު ވަޒީރު ބުނެފައިވަނީ އިޒުރޭލުގެ ދިފާއީ ބާރުން މިހާރު ކުރިއަށް ގެންދަނި ހަނގުރާމައިގެ ދެވަނަ ފޭސް ކަމަށެވެ. އަދި ޣައްޒާގެ ރަށްވެހީން އެތަން ދޫކޮށް ދިއުމަށް އޭނާ އިންޒާރުދީފައިވެއެވެ.

"ފުރަތަމަ ހަފުތާތަކުގައި ބޭލީ ދުޝްމަނުން ފައްސާލެވޭނެ ވައިގެ ޙަމަލާތަކެއް ދިނުމަށް. މިހާރު ފެށިފައިވަނީ މަގުތަކުގެ ފުރަތަމަ މަރުހަލާ. ޣައްޒާގެ އެތެރޭގައި ކުރިމަތިލުން އުނދަގުލަސް، އަދި ވަގުތު ނެގިޔަސް އެކަން ކާމިޔާބު ކުރާނަން." ޓަރަރިސްޓް ޔަހޫދީންގެ ބޮޑުވަޒީރު ބުންޏެވެ.

ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކޮށްގެން އުޅޭ އިސްރާއިލްގެ ބޮޑު ވަޒީރު އިތުރަށް ބުނެފައިވަނީ، "މިއީ މިނިވަންކަމަަށް ކުރެވޭ ދެވަނަ ބޮޑު ހަނގުރާމަ. މިއީ އަހަރެމެންގެ އަމާޒު، މިއީ ދިރިއުޅުމުގެ ބޭނުން. ގުޅިގެން މިކަން ކާމިޔާބު ކުރާނަން."

މީނާ މިހެން ބުނި ކަމުގައިވިޔަސް ފަލަސްޠީނަކީ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް "ވަޢުދުކުރެއްވިފައިވާ" ބިމެއް ކަމުގައި އެމީހުން ދެކޭތީ ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަކީ އަބަދުވެސް ޔަހޫދީން ދެކެމުން އައި ހުވަފެނެކެވެ.

އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެތައް ޒަމާނެއް ވަންދެން އެމީހުންވަނީ ސަޙްޔޫނިއްޔަތު (ޒައިނިޒަމް) ގެ ނަމުގައި އެތައް ޙަރަކާތެއް ހިންގާފައެވެ. ޞަޙްޔޫނިއްޔަތަކީ ޔަހޫދީ ދީނާއި އެމީހުންގެ ސިޔާސީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފަލްސަފާއެކެވެ. މި ފަލްސަފާއާ ގުޅިގެން ޔަހޫދީންގެ ޢަމަލުތައް ބަހައްޓަމުން އައި ގޮތުން ޔޫރަޕުގެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނާ ހެދި އުނދަގޫ ވެގެން ޔޫރަޕުގެ އެކި ޤައުމުތަކުން ޔަހޫދީން ބޭރުކުރަން ފެށިއެވެ.

މި ދަނޑިވަޅުގައި އެމީހުން އަމިއްލަ ވަޠަނެއް ހޯދުމަށް ފެށި ޙަރަކާތުގެ ބާނީ އަކީ ހަންގޭރީގެ ރައްޔިތެއް ކަމުގައިވާ "ތިޔޮޑޯރ ހަރޓްޒުލް" އެވެ. ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ވިސްނަމުން ދިޔަ ޤައުމުތަކުގެ ވެރިންނަށް މި ޙަރަކާތަކީ ވަރަށް ކަމުދާ ޙަރަކާތަކަށްވިއެވެ. އަދި މިއީ ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި އެ ފަރާތްތަކުން ދެކުނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިނިވަންކަމޭ ކަލޭމެންގެ އޮންްނާނީ ކަލޭމެންނަކީ ދުނިޔޭގެ އެއްވެސްތާކު ބިމެއްއޮތްބައެއނޫން ދެންކޮން މިނިވަން ކަމެއް އޮނާނީ މުސްލިމުންގެ ލޭބުއިންނޫން ކަމެއް ކުރާކަށް އިނގޭބައެްނޫން ތީއަކީ ފަލަސްތީނުގެ މިނިވަންކަށް މަސައްކަތް ކުރާ މުޖާހިދުންނަށް ފުރިހަމަ ކާމިޔާބާއި ނަސްރާއި ފަތަޙަދެއްވާނދޭވެ! ނުފާ ކާފިރު ޖައްބާރު މިޖައްބާރުކަލޭ ނުބައި ހިއްޕެވުމަކުން ހިއްޕަވާދޭނވެ އާމީން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު