Saturday, 15 June 2024

ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެންބަރު ހުންނެވި އިބްރާހީމް ނަސީމް ޕީއެންސީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

މިނިވަން މެބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި މެންބަރު ނަސީމް ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ޕާޓީގެ ޗެއާޕާސަން އަބްދުއްރަޙީމަށް އޭނާގެ ފޯމް ވަނީ ހަވާލު ކުރައްވާފައެވެ. މިއީ އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އެ ޕާޓީއާ ގުޅި ވަޑައިގަންނަވާ މަޖިލީހުގެ ފުރަތަމަ މެންބަރެވެ.

ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ އިތުރު މެންބަރުންތަކެއް ވެސް ވަރަށް އަވަހަށް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެއެވެ.

އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދެވެ. ދެން ހިމެނި ވަޑައިގަންނަވަނީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ނަސީމް ގުޅިވަޑައިގަތުމުން މަޖިލިސް 19 ގައި، މިވަގުތު ކޮންގްރެސް ޕާޓީގެ ފަސް މެންބަރުން ތިއްބަވާނެއެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށެވެ. ދާދިފަހުން ވަނީ ޕީއެންސީގެ ރައީސްކަން ޑރ. މުޢިއްޒުއާ ޙަވާލުކުރައްވާފައެވެ. ޕާޓީގެ ޕީޖީ ލީޑަރަކީ އާދަމް ޝަރީފެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު