Thursday, 18 April 2024

ފޯނު ހުޅުވަން ދެކޮޅުހެދި މީހަކު 21،000 ރުފިޔާއިން ޖޫރިމަނާ

ފޯނު ހުޅުވަން އެންގުމުން އެކަމާ ދެކޮޅުހެދި މީހަކު 21،000 ރުފިޔާއިން ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނުތައް ހިފެހެއްޓުމަށްފަހު ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅު ހެދި މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ. މައުލޫމާތުލިބޭ ގޮތުންގައި، މި މައްސަލައަކީ 2018 ވަނަ އަހަރުގެ މެއި މަހު ފުލުހުން ތަހުޤީޤުކުރި ޖިނާއީ މައްސަލައަކާއި ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.

ކްރިމިކަން ކޯޓުން މިކަމަށް ހުކުމް ކޮށްފައިވަނީ މިިދޔަ ބުދަ ދުވަހު ކަމަށްވާއިރު، ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފެހެއްޓުމުން، ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ ކަމަށް ބުނެ، ފޯނު ހުޅުވަން އޭނާ އިންކާރު ކުރި ކަމަށާއި، އެ މީހާގެ އެ އަމަލަކީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުން ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.

އެނާގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އޭނާގެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަންލުން ކަމަށްވީ ނަމަވެސް އެ އަދަބު ލުއި ކޮށް ދިނުމަށް ތައުވާ ލިބޭ ފަރާތުން އެދިފައިވާ ކަމަށެވެ. އެހެންވެ އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްފައިވެއެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި 21،600 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް އެ މީހާގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *