ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމުގެ އިންޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މާދަމާގެ އެޖެންޑާގައި ބަޖެޓުގެ މަސައްކަތް ހިމަނާފައިވެއެވެ.

ބަޖެޓުގެ މަސައްކަތް އެޖެންޑާކޮށްފައި މިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް އެހެން މަސައްކަތެއް ނުބޭއްވޭނެ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވަނިކޮށެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީ ޕީޖީ ގްރޫޕުން އޮތީ ގޮތެއް ނިންމާފައި ކަމަށާއި އެއީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުން ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެން ގޮސް އެއްވެސް އެހެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވި ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސްގެ ރައީސްކަމުގެ މަޤާމުން ދުރުކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތައް ހުރަސްތައް ކުރިމަތިވެ އެމައްސަލަ ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.

އަނަސް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގަނެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ އިއްޔެ ކުރިއަށް ނުގެންދިއުމުން އެ މައްސަލަ ހުއްޓުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް، އެ މައްސަލަ އެމްޑީޕީން ހުށަހެޅީ އިއްޔެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މި ފެންނަނީ ގައުމުގެ ފަހުބަސް ބުނެވޭ މަގާމުތަކުގާ އަންހެން ވެރިން ތިބުމުން ގައުމު މިސްރާބުން ނެއްޓި އޮޔާދާތަން. މިވާހަކަ އެބައޮތް ހަދީސްތަކުން ފެންނަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު