Friday, 04 October 2024

ކޯޓުގެ ހުރުމަތް ކެނޑުމުން ޕީޖީ އޮފީހަށް 10،000ރ. ގެ ޖޫރިމަނާއެއް

ކޯޓުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.

މި ޙުކުމްކުރީ، ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގުމުން އެ އަމުރަށް ތަބާނުވި މައްސަލާގައެވެ.

މި ޙުކުމުގައި ވާގޮތުން، އެ މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް މައުލޫމާތު ހާމަ ނުކުރުމުގެ އިތުރުން އެ މައުލޫމާތު ހާމަކުރަން ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް އެގޮތަށް ދައުލަތުން އަމަލު ކޮށްފައެއް ނުވެއެވެ. ހަމައެހެންމެ، ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް އެ އަމުރަށް އަމަލު ކޮށްފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ހުކުމުގައިވެއެވެ.  އޭގެ އަދަބެއްގެ ގޮތުން 10،000ރ. އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކުރީ ކަމަށް ހުކުމުގައިވެއެވެ. އަދި އެ ފައިސާ އެއް މަސް ތެރޭގައި އެ ކޯޓަށް ދެއްކުމަށް ހުކުމުގައިވެއެވެ.

މިއަދު އިއްވި ޙުކުމާ ގުޅިގެން، މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު