12 ފެބުރުވަރީ 2025

މޯލްޑިވިއަނުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށައިފި

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވެފައިވާ ގޮތުން، މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށާއިރު ހަފްތާއަކު 2 ދަތުރު ބާއްވާނެ ކަމަށާއި، އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. ބެންގަލޫރަށް ދަތުރު ފަށަން ނިންމީ އިންޓަނޭޝަނަލް މަންޒިލްތަކަށް ކުރާ ދަތުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އިންޑިޔާގެ ބެންގަލޫރަކީ ދިވެހިން ބޭސްފަރުވާއާއި އަދި އެހެނިހެންވެސް ބޭނުންތަކަށް ވަރަށް ގިނައިން ދަތުރުކުރާ މަންޒިލެެއްކަމުން، މޯލްޑިވިއަނުން މި ފެށި ދަތުރުތަކާއެކު ބެންގަލޫރާއި ރާއްޖެއާއި ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އިިތުރު ލުއިފަސޭހަތަކެއް ލިބެންދާނެކަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއަކީ މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުވެސްމެއެވެ. މި ދަތުރުތަކާއިއެކު އިންޑިއާއިން އިތުރު ފަތުރުވެރިން ރާއްޖެއަށް އައުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު