Thursday, 18 April 2024

ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ 3 ވަނަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުގައިވާގޮތުން އެކުންފުންޏަށް ތިންވަނަ ކުއާޓަރގައި ލިބިފައިވާ އާމްދަނީގެ އަދަދަކީ މިއަހަރުގެ 2ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 3.7 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 9.2 އިންސައްތަ އިތުރު ޢަދަދެކެވެ.

އެ ކުންފުންޏަަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 271 މިލިއަން ރުފިޔާއެވެ. މިއީ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެގޮތުގައި ލިބުނު އަދަށްވުރެ 10 އިންސައްތަ ދަށް އަދަދެކެވެ. ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސާފު ފައިދާގެ އަދަދު ދަށްވެފައިވަނީ ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގައިގެން ލިބުނު ފައިދާ ދަށްވުމުންނެވެ. ތިންވަނަ ކުއާޓަރުގައި ކުންފުނި ހިނގައިގެން ލިބިފައިވަނީ 398 މިލިއަން ރުފިޔާއެވެ. މިއަހަރުގެ 2ވަނަ ކުއާޓަރުގައި މި އަދަދު ހުރީ 427 މިލިއަން ރުފިޔާގައެވެ. ތިންވަަނަ ކުއާޓަރުގައި ކުންފުނި ހިންގައިގެން ލިބުނު ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތަކެތި ގަތުމަށް ހިނގި ޚަރަދު އިތުރުވުމާއި ކުންފުނީގެ އިދާރީ ޚަރަދުތައް އެ ކުއާޓަރުގައި އިތުރުވުމެވެ.

މީގެއިތުރުން، ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓާރުގެ ސާފު ފައިދާގެގޮތުގައި އެސްޓީއޯއަށް ވަނީ 331 މިލިއަން ރުފިޔާ ލިބިފައެވެ. ދެވަނަ ކުއާޓަރގައި ޓެކުހަށް ކެންޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 372 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯގެ މާލީ ރިޕޯޓުގައިވެއެވެ.

އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *