15 ޖަނަވަރީ 2025
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީން ފުރަތަމަވެސް ވިދާޅުވީ "އިންޑިޔާ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް މިޤައުމުގައި ހުރެގެން ނުވާނެ" ކަމަށް

އިންޑިޔާ ސިފައިން މިޤައުމުން ފައިބަން ޖެހޭކަމަށާއި، އިންޑިއާ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް މިޤައުމުގައި ހުރެގެން ނުވާނެ ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގޭބަންދުގައި ހުންނެވުމަށްފަހު ރަށު ބަންދަށް ބަދަލުކުރުމުން އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިޔާ ސިފައިން މިރާއްޖޭގައި ތިބީ ރާއްޖޭގެ ގާނޫނާ ޚިލާފަށް ކަމަށާއި، އެމްޑީޕީ ސަރުކާރު ބަދަލުވުމުގެ އެންމެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ދިވެހިން ނޭދޭތީ ކަމަށެވެ.

"އިންޑިއާ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް މިގައުމުގައި ހުރެގެން ނުވާނެ." ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، މިހާރު މިއޮތީ ސަރުކާރު ބަދަލުވެފައި ކަމަށާއި ޕީޕީއެމް ޕީއެންސީގެ ސަރުކާރުން އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމަކީ އިންޑިޔާ ސިފައިން މިގައުމުން ބޭލުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، މި ސަރުކާރުގައި ހިނގާދިޔަ ދިފާއީ ކަންކަމާ ގުޅޭ މައްސަލަތަކުގައި ސިޔާސީ ވެރިންނާ އެއްވަރަށް ސިފައިންގެ އިސް ޖެނަރަލުން ވެސް ޒިންމާ ނަންގަވަން ޖެހޭ ކަމަށާއި، ވެރިކަން ގެއްލުމުން އެކަންކަމުން ބޯދަމައިގަނެވިގެން ނުވާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު