Thursday, 18 April 2024

ނަޝީދުގެ އިތުބާރުގެ މައްސަލަ؛ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުންގެ ހަޅުތާލު

މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައިވާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމުގެ މައްސަލަ ކުރިއަށް ދިޔަޔަ ނުދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިޔަ ނުދީ އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސްދީ އެ މައްސަލަ ކުރިއަށް ގެންދަން މިދިޔަ އާދިއްތަ ދުވަހު ޖަލްސާއެއް ތާވަލުވެސް ކުރިއެެވެ. އެކަމަކު ގަވައިދުގައިވާ ގޮތަށް ރައީސް ނަޝީދު ވަކި ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިނުގަންނަވާތީ ޖަލްސާ ނުބާއްވައެވެ. އަދި އިއްޔެވެސް އީވާ ސަލާމްގައި ހުންނެވުމުން މަޖިލީހަށް ވަޑައެއް ނުގަންނަވާތީ ޖަލްސާ ކުރިއަކަށް ނުގެންދެއެވެ. އަދި މިއަދަށް ޖަލްސާ އެޖެންޑާ ކުރިއިރު ރައީސް ނަޝީދުގެ މައްސަލައިގެ ބަދަލުގައި އެޖެންޑާ ކުރީ ސަޕްލިމަންޓްރީ ބަޖެޓުގެ މައްސަލައެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ފެށި ޖަލްސާ ފެށުމާއެކު އެމްޑީޕީގެ މެމްބަރުން ވަނީ އިހުތިޖާޖު ކުރައްވަން ފައްޓަވައިފައެވެ.

އެމްޑީޕީގެ މެންބަރުން އެދިވަޑައިގަންނަވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅައި މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ ބަޖެޓުގެ ބަދަލުގައި ކުރިއަށް ގެންދިއުމަށެވެ.

މަޖިލިސްގެ ރިޔާސަތުގައި އިންނެވި އަފީފް ޖަލްސާ ފައްޓަވަން އުޅުއްވުމުން، އަފީފް ގޮނޑީގައި އިށީނދެ އިނުމަށްވެސް ހުރަސް އެޅުމަށް މަސައްކަތް ކުރައްވާތަން ވަނީ ފެނިގެންގޮސްފައެެވެ. ހަމައެހެންމެ،  އަޑުގަދަކޮށް ހަޅުތާލުކުުރުމުން މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ. އަދި އަފީފް ރިޔާސަތުގެ ގޮނޑިކޮޅު ދޫކުރައްވައި ވަޑައިގެންނެވި މަންޒަރު ފެނިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:

  • އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
  • ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
  • ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
  • ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
  • އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *