Wednesday, 17 April 2024

އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ރޫޙެއް ނެތް: އަސްލަމް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ރޫޙް އެމްޑީޕީން ނުގެންގުޅޭ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަަސްލމް މިހެން ވިދާޅުވީ، އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާ ކުރުމަށް އެމްޑީޕީން ހުރަސް އަޅަން ނުވިސްނާ ކަމަށެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނޫން ކަމަށާއި ހުވާ ކުރާ ތަނަށް ގޮސް އެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން ނުހިމެނިޔަސް މަޖިލީހުގެ ކޯރަމް މިހާރު ހަމަވާނެ ކަމަށާއި، އެހެންނަމަވެސް މަޖިލީހުގެ ޤަވައިދާ ޚިލާފަށް ބޭއްވޭ އެއްވެސް ޖަލްސާއަކީ ޤާނޫނީ ގޮތުން ސައްޙަ ޖަލްސާއެއް ކަމަށް އެމްޑީޕީން ގަބޫލު ނުކުރާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ޤާނޫނާ ގޮތުން ޞައްޙަ ނޫން ގޮތަކަށް ކުރާ ހުވާއަކަށްފަހު ފޮނުވާ ކެބިނެޓްތަކަށްވެސް އަަޅުގަނޑުމެން ރުހުން ނުދެއްވާނެ ކަމަށް މީގެ ކުރިން ދައްކަވާފައިވާ ވާހަކަ މިއަދުވެސް އަސްލަމް ތަކުރާރުކުރެއްވިއެވެ.

ހަމައެހެންމެ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތް ކުރެވޭނެކަމަށް ނުދެކޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:

  • އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
  • ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
  • ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
  • ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
  • އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކުރިން ބުނަމުންއައީ ހުވާކުރިއަސް ބަލައި ނުގަންނާނެކަމައް މިހާރު މިވަނީ އެވާހަކަ މުޅިން ބަދަލުވެފާ މިޢީ ދެއިރު ދެދަޅައައް ކާބޭހެއްތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *