Tuesday, 18 June 2024

އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ، 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް 49 ބިިލިޔަނަށްވުރެ މަތި ނުވާން

އިންތިޚާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒުގެ ނިންމުމަކީ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް 49 ބިިލިޔަން ފަހަނައަޅައި ނުދިޔުން ކަމަށް، އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.

ފިނޭންސް މިނިސްޓަރު މިއަދު ޖަލްސާއަށް ވަޑައިނުގެންނެވި ނަމަވެސް، މިނިސްޓަރު ވަނީ ބަޖެޓް މަޖިލީހަށް ފޮނުވައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓް ވެބްސައިޓްގައި ވެސް އާންމުކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކުރަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިންތިހާބީ ރައީސްގެ ނިންމުމަކީ އަދި އިރުޝާދަކީ ބަޖެޓް 49 ބިލިޔަނަށްވުރެ ބޮޑުވިޔަ ނުދިނުން ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމަކީ އަދި އިރުޝާދަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 ބިލިޔަން ފަހަނައަޅައި ނުދިޔުން." ފިރުޒުލް ވިދާޅުވިއެވެ.

އަންނަ އަހަރަށް ބަޖެޓް ފަރުމާ ކުރުމަށް އިންތިހާބީ ރައީސް އެކުލާވާލި ކޮމިޓީއަށް ލިބިގެން ދިޔައީ ވަރަށް ހަނި ޖާގައެއް ކަމަށް ފިރުުޒުލް ވިދާޅުވިއެވެ. ސަބަބަކީ އެ ބަޖެޓަކީ ފާއިތުވީ 5 އަހަރު ދުވަހު މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއި އޭގެ ކުރިން ވާރުތަވަމުން އައިސްފައިހުރި މާލީ ޒިންމާތަކުގެ ތެރެއިން ތަރުތީބުވެގެން އަންނަ ބަޖެޓަކަށް ވާތީ ކަމަށެވެ.

އިންތިހާބީ ރައީސްގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށްވާތީ ބެޖެޓް ބޮޑު ނުކުރުމަށް އެމަނިކުފާނު އިރުޝާދު ދެއްވާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި އިންތިޚާބީ ރައީސް އެކުލަވާލި ބަޖެޓް ކޮމިޓީ އާއި ގުޅިގެން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އޭގެތެރޭގައި މުއިއްޒުގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތައްވެސް ބަޖެޓުގައި ހިމެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދަކީ ބަޖެޓް ހުށަހަޅާން ހަމަޖެހިފައިވާ ދުވަހަށް ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ދައުލަތުގެ ބަޖެޓަކީ އޭގެ ޒާތުގައި ސީދާ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އޭގެ ޒާތުގައި ބަޖެޓްގެ ކަންކަމާއި ގުޅޭގޮތުން ނިމިގެންދާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނަށް ސީދާ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށްވާތީވެ އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް  ފިރުޒުލް ވިދާޅުވިއެވެ.

ހަމައެހެންމެ، ދިވެހި ދައުލަތުގެ ތިން ބާރުން ގުޅިގެން ޤާނޫނު އަސާސީގެ އިމުގެ ތެރެއިން މަސައްކަތް ކޮށްދީ ވީ އެންމެ އަވަހަކަށް ބަޖެޓު ހުށަހެޅުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި މަސައްކަތް ކޮށްދިނުމަށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ފިރުޒުލް އެދިވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މީ ވަރަށް ބޮޑައްވިސްނާ އިސްލާޙްކުރަންޖެހިފައިވާގާނޫނެއް އެހެންނޫނީ އިންތިޚާބް ބޭއްވުން އަވަސްކުރުން އެހެންނޫނީ ދައުލަތުގެ ބަޖެޓްފާސްކުރުން ލަސްކުރުން މިހާރު މިވާގޮތަކީ ރިޔާސީދައުރުގެ މުޅިއެއްއަހަރުގެ ބަޖެޓްފާސްމިކުރަނީ ނިމިގެންދާ ސަރުކާރުން މީހަމަޖެހޭ ގޮތެއްކަމަށްކަށް ނުފެނޭ މީގެ އަޅގަނޑައް ފެންނަ ގޮތަކީ ރިޔާސީ އިންތިޚާބް މިހާރު ބާއްވާ ވަރަށްވުރެ ދެމަސް އަވަސް ކޮށް އެއިރަކު ހޮވޭ ސަރުކާރަކުން ބަޖެޓް ހުށަހެޅުން ގާނޫނަކީ އިންސާނުން ހަދާ އެއްޗެއް އެއަށް ބަދަލު ގެނައިމަ ގެނެވޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު