ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ޕާޓީން ތަދައްހުލްވާން ނިންމާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އިން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެއީ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ޤަބޫލުކުރައްވާތީ ދުސްތޫރީ އެ މައްސަަލައިގެ ތެރެއަށް ތަދައްހުލުވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.

"ގަވާއިދުގައި، ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެފައި ވަނިކޮން ދެން އެ ކަމެއް އެހެން ގޮތަކަށް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވީމާ އަޅުގަނޑުމެއްނެއް ނޫން މަޖިލިސް ހުއްޓުވާލައިގެން މި އުޅެނީ. އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް،" އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:

  • އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
  • ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
  • ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
  • ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
  • އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު