Thursday, 20 June 2024
އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

މަޖިލިސް އިންތިޚާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ގައި

2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާނީ އަަންނަ މަހުގެ 20 އިން 31 އަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށްވެސް ބަޔާނުގައިވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އަދަދަކީ 93 ދާއިރާއެއް ހިމެނެއެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރު ޢަދަދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ އަންނަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތްކަމަށާއި، އިންތިޚާބު ބާއްވާނެ ތާރީޚެއް މިމަހު އެ ކޮމިޝަނުން ޢާންމު ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 61 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު