Thursday, 18 April 2024

އަރަބިއްޔާ ޕްރިންސިޕަލުކަން 30 ދުވަހުގެ ތެރޭ ޝުޖާއުއަށް އަލުން ދޭން ޓްރައިބިއުނަލުން އަންގައިފި

ޢަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެސްކޫލްގެ ޕްރިންސިޕަލުގެ މަގާމުން އެހެން މަޤާމަކަށް ބަދަލުކުރީ ގޯސްކޮށްކަމަށް ނިންމަވައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމަވައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 އަހަރުގައެވެ. އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ބަދަލުކުރުމަށްފަހު އެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކުރީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ. އަދި މިހާރު އެ ސްކޫލްގެ ހިންގެވުމާ ހަވާލުވެ ހުންނެވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެވެ. ސުޖާޢު އެ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުން ވަކިކުރުމުން ބެލެނިވެރިން ވަނީ އިހްތިޖާޖުކޮށް ނުރުހުން ފާޅުކޮށްފައެވެ. އަދި ޢަރަބިއްޔާ ސްކޫލުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ބުނެ މިހާރުވެސް ބެލެނިވެރިން އަންނަނީ ސޯޝަލް މީޑިޔާގައި އަޑުއުފުލަމުންނެވެ.

ޓްރައިބިއުނަލުގެ ނިންމުމާ ގުޅޭގޮތުން ޝުޖާއު ތަމްސީލު ކުރެއްވި ވަކީލު އަލީ ސައީދު ވިދާޅުވީ, ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ބަދަލުކުރީ ގޯސްކޮށް ކަމަށާއި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ނިންމާފައިވާކަމަށެވެ.

ޝުޖާއު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލުންކަމުން އެންއައިއީއަށް ބަދަލުކުރުމުން ބައެއް ގްރޭޑްތަކުގެ އިސްލާމް މާއްދާއާއި ޤުރުއާން މާއްދާ ފޮތްތައް ޕްރޫފް ރީޑް ކުރުމުގެ މަސައްކަތް ހަވާލުކުރިކަމަށާއި، އަދި ވަޒީފާ ބަދަލުކުރި މައްސަލާގައި އެކަން ކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށްކަމުން 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޓްރިބިއުނަލުން އަންގާފައިވާކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޝުޖާއު އެހެން މަގާމަކަށް ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *