Thursday, 18 April 2024

ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙަށް އިޙްތިރާމްކޮށް ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރަން ނަރީސް ނިންމަވައިފި

ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙަށް އިޙްތިރާމްކޮށް ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރަައްވަން، މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރ އަޙްމަދު ނަރީސް ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވާފައިވާއިރު، އޭނާ މީގެ ކުރިން ވަނީ މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލައްވާނެ ކަން އިޢުލާން ކުރައްވާފައެވެ.

ނަރީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޚިދުމަތެއްކޮށް ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްޤީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި އޭނާ ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރައްވަން ނިންމުމާއެކު ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާއި ކަނބަލުންނާއި ޒުވާނުން އޭނާއަށް ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި ކަމަށެވެ. އެހެންކަމުން، ޓީމެއްގެ ގޮތުގައި އޭނާއަށް ތާއީދު ހޯއްދައި ދެއްވަން މަސައްކަތްކުރައްވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް އޭނާ ޝުކުރު އަދާކުރައްވާފައިވެއެވެ.

"އަޅުގަނޑު މަސައްކަތް ކުރިކުރުމުގައި އަޅުގަނޑަށް ކުލުދުއްފުށީ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ރަށުދަރި ރަށަށް އިންތިޚާބުކުރުމުގެ ރޫޙުގައި ކަން ވަރަށްބޮޑަށް ފާހަގަވި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް އަޅުގަނޑު ކުރާ ހާލު ރައްޔިތުންގެ މަޖިލިސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި އަޅުގަނޑު ވާދަނުކުރަން ނިންމި ވާހަކަ ކުޅުދުއްފުށި އުތުރުގެ ލޮބުވެތި ރައްޔިތުން." ނަރީޝް ވިދާޅުވިއެވެ.

ގުޅުންހުރި:

މާލޭ ސިޓީގެ ޑެޕިޔުޓީ މޭޔަރ ނަރީޝް މަޖިލީހަށް ވާދަކުރައްވަނީ

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *