އީވާ އާލާސްކަންފުޅާ؛ މިއަދުގެ ޖަލްސާވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާކުރި ޖަލްސާ އަނެއްކާވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ  އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލްކޮށްފިއެވެ.

ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ މެމްބަރުންނަށް އަންގާފައިވަނީ ހެނދުނު 6:04 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވި އެ މެސެޖުގައި ބުނެފައި ވަނީ "މިއަދުގެ ޖަލްސާ އަށް މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، އެ ޖަލްސާ ކެންސަލް ކުރެވުނު ވާހަކަ ދަންނަވަން،" ކަމަށެވެ.

މިއަދު ޖަލްސާ އެޖެންޑާކުރީ ނަޝީދު ވަކިކުރުމުގެ މައްސަލަ ދިގު ދެމިގެންދާތީ، އެ މައްސަލަ އަވަސްކޮށް ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދުމުންނެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހަށެވެ. އެއަށް ފަހު އެ މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައި ނުވަނީ އީވާ އަށް ޑެންގޫ ހުން ޖެހި، އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވަމުން ގެންދަވާތީއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:

  • އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
  • ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
  • ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
  • ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
  • އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތި މަޖިލިސް ގޭގެ އަމީން އާންމު އާއި ކައުންސިލާ ޖެނެރަލް ވަގުތުން ވަގުތަށް ކަނޑާލަންޖެހޭ ކޮބާ 5 މެންބަރުންގެ ކޮމިޓީ ގާނޫނު އަސާސީ ތިޔަ ވެއްޔާއި މޮޑެވިގެންދަނި ތިޔަ މަލީހުގެ ރައީސްގެ ނާޖާއިޒު ކަންކަމުން އޭނާ އުމުރު ދުވަހަށް ޖަލަށް ލާންޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު