7 ޑިސެންބަރު 2024

"އެމްވީ ލޯ" ގެ އާ ވެބްސައިޓުގައި ރާއްޖޭގެ ހުރިހާ ޤާނޫނުތައް

ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް އަދި އެ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ފަސޭހައިން ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ 'އެމްވީލޯ' ގެ އާ ވެބްސައިޓް މިއަދު އިފްތިތާހުކޮށްފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން އިފްތިތާހުކުރި މި ވެބްސައިޓަކީ ޔުނައިޓެޑް ނޭބާންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕް ކޮށްފައިވާ ވެބްސައިޓެކެވެ.

https://mvlaw.gov.mv/dv

މި ވެބްސައިޓުގެ ބޭނުމަކީ ގާނޫނާއި ގަވައިދުތައް އިސްލާހުތައް އެއްތަނަކުން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމާ އެކު ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ހަލުވި ކުރުމަށް މަގުފަހިކޮށް ދިނުން އަދި ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

އެމްވީ.ލޯ މެދުވެރިކޮށް ކީވޯޑްތައް ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި, ޤާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތައް ޓްރެކް ކުރުމާއި އޮފްލައިންކޮށް ކިޔާލުމަށް ގާނޫނާއި ގަވައިދުތައް ސޭވް ކުރުން އަދި ވަކި މާއްދާތައް ބުކްމާކް ވެސް ކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަސް މީހުންވާ މީހުންނަށް އަމާޒުކޮށްގެން މި ވެބްސައިޓުގައި ދިވެހި ބަހުން ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ވެސް ހިމަނާފައި ވެއެވެ.

އެމްވީލޯގެ ވެބްސައިޓަށް ހުރިހާ މޯބައިލް ޑިވައިސްތަކުން ވަދެވޭއިރު, އެމްވީލޯގެ މޯބައިލް އެޕްލިކޭޝަން ވެސް ހަފްތާއެއްހާ ދުވަސްތެރޭ ނެރޭނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު