ގއ. ގެމަނަފުށީ ކައިރީ މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗެއް ޖެހި ނިޔާވެއްޖެއެވެ. މި ޙާދިސާގައި ނިޔާވެފައިވަނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއް ގައިގަ ގެމަނަފުށީ ފަޅަން ވަންނަން އައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ޙާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 45 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.