ނަޞްރުގެ ދުވަހަކީ، ރާއްޖޭގެ މުޅި ތާރީޚުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނަޞަބަތުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވެވި ތަހްނިޔާގެ މެސެޖުގައެވެ.
ރައީސް މައުމޫން ވިދާޅުވީ، 1988 ނޮވެމްބަރ 3 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ.
"1988 ނޮވެމްބަރ 3 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅި ތާރީޚުގައިވެސް ރާއްޖެއަށްކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ." ރައީސް މައުމޫން ވިދާޅުވިއެވެ.
1988 ނޮވެމްބަރ 3 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހިބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅިތާރީޚުގައިވެސް ރާއްޖެއަށްކުރިމަތިވި އެންމެ ބިރުވެރި ދުވަސްކަމުގައި ޤަބޫލު ކުރަންޖެހޭ.
— Maumoon Abdul Gayoom (@maumoonagayoom) November 3, 2023
ރައީސް މައުމޫންގެ ސަރުކާރުން ނަޞްރުގެ ދުވަސް ފާހަގަކުރައްވަން ފެއްޓެވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.
ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ.
މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި، ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ މަދުބަޔަކު ގުޅިގެން ހިންގި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މުގުލުގައި ހުރީ ހިންނަވަރު އިބްރާހީމް ބަފާ ކަލޭގެ. އިބްރާހީމަށް ވެރިކަން ދިނީ ރައްޔިތުން އެކަން އެގިހުރެ