12 ފެބުރުވަރީ 2025

މާލޭގެ މަގުތައް ފެނުއަޑީގައި؛ އެމްއެންޑީއެފްއިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، އައިޖީއެމްއެޗް އަދި ދިރާގު ކަައިރީ ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ، ޤައުމީ ދިފާޢި ބާރުގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން ކުރިއަށް އެބަ ގެންދަވައެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމްއެންޑީއެފްގައި މީޑިޔާ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައެވެ.

މާލެއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓާނުލާ ދަނީ ވާރޭ ވެހެމުންދާއިރު، ބޯކޮށް ވާރޭ ވެހޭތާ 3 ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު، މާލޭގެ އެކި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ޚާއްސަ ގޮތެއްގައި މާލެގެ ބޮދެތި މަގުތަކުގައި ފެންގަނޑު ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވަން ވެސް ވަނީ ދަތިވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށެވެ. ޚާއްސަގޮތެއްގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

މުސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މެންދުރު 12 ޖެހުމާއި ހަމައަށް ބ. އަތޮޅުން ފެށިގެން ވ.އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި އެ އަތޮޅުގެ ރަށްތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށްވެސް ވައިޓް އެލާޓް ނެރެފައެވެ. އެ އަތޮޅުތަކަށް އެލާޓް ނެރުނީ ހެނދުނު ނުވައަކުން މެންދުރުފަހު ތިނެއް ޖެހުމާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެ ވަގުތުތަކުގައި މެދުތެރޭގެ އަތޮޅުތަކާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައި ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ތިނަދުއަށެވެ. އެގޮތުން ތިނަދޫއަށް 22.1 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ވަނީ ރިކޯޑްކުރެވިފައެވެ. އެއަށް ފަހު ދެން އެންމެ ގިނައިން ވާރޭވެވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ. ކާޑޭއްދޫއަށެވެ. އެއީ 17.9 މިލިމީޓަރުގެ ވާރެއެވެ. ށ. ފުނަދުއަށް 17.3 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރެކޯޑްތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު