Saturday, 25 May 2024

އަތޮޅުވެއްސަށް ގެންދަނިކޮށް ފިލަން މޫދަށް ފުންމާލި މީހަކު އަތުލައިގެންފި

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި ފިލަންވެގެން މޫދަށް ފުންމާލައިގެން އުޅެނިކޮށް އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ޒުވާނާ ފުލުހުންގެ ވެހިކަލްގައި ގެންގޮސް އަތޮޅުވެހި ކައިރިއަށް ބޭލި ތަނުން ދުވެފައި ގޮސް ފުންމާލީ މޫދަށެވެ. އަދި ފަޅުތެރޭގައި ފަތާފައި ގޮސް ކަނޑާ ހަމައަށް ދިޔައެވެ. އެކަމަކު، ފުލުހުން ވަނީ ދެ ލޯންޗެއްގައި ގޮސް އޭނާ ކަނޑުން ނަގައިފައެވެ. އޭނާ ނެގުމަށް ބައެއް ފުލުހުން ކަނޑަށް ވެސް ފުންމާލި ކަމަށް ޚަބަރު ލިބެއެވެެ.

އެމީހާ ނަގައިގަނެގެން ގޮސްފައިވަނީ ހުރީ ބިޑި ވެސް އަޅުވައިގެންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *