Thursday, 18 April 2024

ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގަން ފަށައިފި

ހުޅުމާލެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގަން ފަށައިފިއެވެ.

ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ގިނަ އަދަދެއްގެ ތާރު ބޯޅަ ލައްގާފައިވުމުގެ ސަބަބުން މޫދަށް އެރޭ ފަރާތްތަކަށާއި އަތިރިމަތީ ހިތްހަމަ ޖައްސާލަން ނިކުންނަ މީހުންނަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ތާރުބޯޅަ ނަގައި ގޮނޑުދޮށް ސާފު ކުރުމަށް އާންމުންގެ ތެރެއިންވެސް ބައެއް މީހުން ސާފުކުރަމުންދާއިރު، އެ މަސައްކަތް ކުރުމަށް އާބަންކޯއިން ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މޫސުން ބަދަލުވަމުން އަންނަ ދުވަސްވަރެއްގެ ޚާއްޞަކޮށް މި ތާރުބޯޅަތައް ލައްގަމުންދާއިރު، ތާރު ބޯޅަ އުފެދެނީ މޫދަށް އެޅޭ ތެލުގެ ސަބަބުންނެވެ. އަދި މޫދުގައި ހުންނަ ތެލަށް އިރުގެ އަލިކަން އެޅި ގިނަ ދުވަސް ވުމުން ބޯޅަތަކަކަށް ބަދަލުވާ ކަމަށްވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެެއް ރަށްރަށަށް ތާރުބޯޅަ ލައްގާފައިވެއެވެ. އެއީ ވަކި މޫސުމެއްގައި ބައެއް ރަށްރަށަށް ލައްގާ ކަން ފާހަގަކުރެވެއެވެ.

ތާރު ބޯޅައަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. އެކަމަކު ހަންގަނޑުގައި ޖެހުމުން ކަހައި، ހިރުވުން ފަދަ ކަންކަން ދިމާވާނެ ކަމަށް ފަންނީ މާހިރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *