Tuesday, 18 June 2024

ރަޝިޔާގައި 8 ހާސް މިސްކިތް ބިނާކުރަމުންދާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ

ރަޝިޔާގައި 8 ހާސް މިސްކިތް ބިނާކުރަމުންދާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގައި 8 ހާސް މިސްކިތް ބިނާކުރަމުންދާ ކަމަށާއި، ވަޢުދުވެފައިވާ ގޮތަށް އެ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

"އަޅުގަނޑު، އަރަބި ޤައުމުތަކުގައި އުޅޭ ރައްޓެހި ރަޙްމަތްތެރިންނާ މިވާހަކަ ޙިއްސާކުރުމުން އެމީހުންނަށް މިކަން ޤަބޫލެއް ނުކުރެވުނު. އެމީހުން އަހަނީ ކިތައް މިސްކިތްތޯ؟ އަޅުގަނޑު ބުނިން 8 ހާސް ކަމަށް. މިއަދަދަށް މިސްކިތް އަޅާފާނެ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރޭ."

ޕުޓިން އިތުރަށް ވިދާޅުވީ، އޭނާ އެ ވާހަކަ ޙިއްސާކުރުމުން އޭނާގެ ރަޙްމަތްތެރިންވެސް މިހާރުވަނީ އެކަން ޤަބޫލުކޮށްފައި ކަމަށެވެ. އަދި މިއީ ދައުލަތަކަށް މުހިއްމު މަސައްކަތެއް ކަމަށާއި، މިކަން ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، އޭނާއަކީ އިސްލާމީ ޤައުމުތަކާ ޚާއްޞަ ގުޅުމެއް ބާއްވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ހުޅަނގުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ ރަޝިޔާއަކީ އިރާން، ތުރުކީ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަކީ ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދަން ތާއީދު ކުރައްވާ ލީޑަރެއް ކަންވެސް ފާހަގަކުރެވެއެވެ. 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޕުޓިންގެ ހިތަށް އިސްލާމީ ހިދާޔަތު ދެއްވައި މުސްލިމުންނަށް އަދި ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރާނެ މުސްލިމު ލީޑަރެއްކަމިގަ ލައްވާންފްން ދޭވެއެވެ. އާމީން

  2. ރަޝިޔާއަކ އިސްލާމ ކުދިކުދ އަދ ބޮޑެި އެތައ ދައުލަތ ތަކެއްވެސ އެކުލެވ ބިޔ އެމްޕެރާއެއ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު