Saturday, 15 June 2024

ޢީސާގެފާނުގެ ދީނަކީ ނަޞާރާދީނެއް ނޫން: ޝެއިޚް ޝާފިޢު

ޢީސާގެފާނުގެ ދީނަކީ ނަޞާރާދީނެއް ނޫން ކަމަށާއި، އެކަލޭގެފާނަކީ މުސްލިމެއް ކަމަށް ޝެއިޚް މުޙަައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝާފިޢު ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޞާރާއިންނަކީ ޢީސާގެފާނަށް ނަޞްރުދީ ތަބާވީ މީހުންނަށް ކިޔުނު ނަމެއް ކަމަށާއި، މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނަކީ މުސްލިމުން ކަމުގައެވެ.
“ޢީސާގެފާނުގެ ދީނަކީ ނަޞާރާދީނެއް ނޫނެވެ. އެކަލޭގެފާނަކީ މުސްލިމެކެވެ. ނަޞާރާއިންނަކީ އެކަލޭގެފާނަށް ނަޞްރުދީ ތަބާވީ މީހުންނަށް ކިޔުނު ނަމެކެވެ. މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނަކީ މުސްލިމުންނެވެ.” ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، މުސާގެފާނަކީ ޔަހޫދީ ދީނުގެ ބޭކަލެކޭ ނުބުނެވޭނެ ކަަމަށާއި، އެކަލޭގެފާނުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. “އެކަލޭގެފާނަށް ތަބާވީ މީހުންނަށް ޔަހޫދީންނޭ ކިޔުނީ އެމީހުން ޔަޢުޤޫބުގެފާނުގެ ދޮށީ ދަރިކަލުން ޔަހޫޛާއަށް ނިސްބަތްވާތީ ނުވަތަ އެމީހުން ބުނިބަސްފުޅު هدنا إليك ގެ ސަބަބުންނެވެ. މާތް ﷲ ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނަކީ މުސްލިމުންނެވެ.” ޝެއިޚް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޔާމީން ބުނެފަ އެއޮތީ ހުރިހާ ރަސޫލުންނާ ނަބީ ބޭކަލުންނަކީ ޔަހޫދީން ކަމަށް
    އޭނަ ކާރިން އަހާލަން ބޭނުން އޭނައަކީ ޔަހޫދީއެއް ނޫންބާއޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު