Saturday, 13 April 2024

"ޕީޕީއެމް ޕީއެންސީ ބައިބައި ނުކުރެވޭނެ"

ޕީޕީއެމް ޕީއެންސީ ބައިބައި ކުރުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީންގެ ބައެއް މެމްބަރުން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ، ވާދަވެރިންގެ މަޅީގައި ޖެހޭ ބަޔަކަށް އެޕާޓީގެ މެންބަރުން ވެގެން ނުވާނެ ކަމަށާއި، ޕީޕީއެމް/ޕީއެންސީ މެންބަރުން އެފުރުސަތު އެއްވެސް ބަޔަކަށް ދީގެންނުވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބާއި ދިމާކޮށް އެކި ފާޑުފާޑުގެ ވާހަކަ އިވޭނެ ކަމަށާއި، އެހެން ނަމަަވެސް އެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ފާހަގަކުރެއްވިއެެވެ.

އަދުރޭ ވިދާޅުވީ، ރާއްޖެ އޮތީ އަނިޔާވެރިކަމަށް އިންތިހާއަށް ގޮސްފައި ކަމަށާއި، ރާއްޖޭގައި އަދުލު އިންސާފެއް ވެސް ނެތް ކަމަށެވެ.

"ރާއްޖޭގައި އަދުލު އިންސާފެއް ނެތް. ޝަރުއީ ނިޒާމު އޮތީ ނިމިގެން މިދާ ސަރުކާރު މުށުތެރޭގައި. ރައްޔިތުން ތިބީ ބަނޑަށް ޖެހިފަ. ޒުވާނުން ތިބީ ބަނޑަށް ޖެހިފަ. މިހާލަތުގަ އޮތް ރާއްޖެއެއް އަލުން އަނބުރާ އަޅުގަނޑު މިދެންނެވި ކަންތައްތަކާ އެކީގަ ކުރިއަށްދާން ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި." އަދުރޭ ވިދާޅުވިއެވެ.

މިކަންކަމުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ އިތުރު އެހީ ޑރ މުއިއްޒަށް ބޭނުންވާ ކަމަށާއި، ގައުމު އޮތް ހާލަތުން ރަނގަޅު ކުރެވޭނީ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިގެން ކަމަށާއި، އެގޮތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދަން ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވި ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގަންނަވާކަމަށް ވެސް އަދުރޭ ވިދާޅުވިއެެވެ.

މިދަތުރަކީ އައްޑޫ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރައްވާ ދަތުރެއް ކަމަށާއި، އިންތިޚާބީ ރައީސް ވިދާޅުވި ގޮތަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑޫ ސިޓީއަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޝަރުއިީ ނިޒާމުއާ ހުރިހާބާރެއް މުށުތެރޭގައި ލައިގެން އުޅުނީޔާމީނު މިދިޔަފަސް އަހަރަކީ ހިންދެމިލައިގެން މިނިވަންކަންމަތީ އުޅެވުނު 5 އަހަރު ރަށްޔިތުން އެއްބަސްވާނެ ވަރަށް ވަރަށް ސާފް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *