Tuesday, 18 June 2024

"ޔަހޫދީން ނާރުތަކަށް އަސަރުކުރާ ފަދަ ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ރާވާފައިވޭ"

އިސްރާއީލުން ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ޣައްޒާގައި ހަމާސްއިން ބިނާކޮށްފައިވާ ބިމުއަޑީގެ މަގުތަކަށް ހަމަލާ ދިނުމަށް ރާވާފައިވާކަމަށް ހަމާސްގެ ކުރީގެ ޗީފް ހާލިދް މިޝާލް ބުނެފިއެވެ.

މިސްރުގެ ޓީވީއަކަށް ދެއްވި އިންޓަރވިއުއެއްގައި މިޝާލް ވަނީ އެމެރިކާއިން މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ އިސްރާއީލަށް ހަމަލާ ދޭންވީ ގޮތުގެ އިރުޝާދުތައް ދެމުންދާކަމަށް ތުހުމަތުކޮށްފައެވެ. އިސްރާއީލުން ޣައްޒާއަށް ނުވަދެ ވައިގެ މަގުން ހަމަލާދިނުމަށް އިރުޝާދު ދީފައިވާކަމަށާއި އެ ގައުމުގެ ޑެލްޓާ ފޯސްގެ ސިފައިންވެސް އިސްރާއީލަށް އެހީތެރިވުމަށް ފޮނުވާފައިވާކަމަށް އޭނާ ފާހަގަކުރިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން ނާރުތަކަށް އަސަރުކުރާ ފަދަ ގޭހުގެ ބާވަތެއް ބޭނުންކޮށްގެން ހަމާސްއިން ބޭނުންކުރަމުންދާ ބިިމު އަޑީގެ މަގުތަކަށް ހަމަލާދިނުމަށް ރާވާފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ރައްޔިތުން މިނިވަންކުރުމުގެ ގޮތުންް ކަމަށް އޭނާ ބުނެފައިވެއެވެ.

ޣައްޒާގައި ހުންނަ ބިމު އަޑީގެ މަގުތަަކީ ހަމާސްގެ މުޖާހިދުންނަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އަޑިން ދަތުރުކުރުމަށް ފަހިކުރާ މަގުތަކެކެވެ. އަދި އެއީ ހަމާސްގެ އިސްވެރިންނާއި ހަތިޔާރުތައް ރައްކައުތެރިކުރުމަށްވެސް ބޭނުންކުރާ ތަނެއްކަމަށާއި އެ ސަރަހައްދުގައި އެފަދަ 500 އަށްވުރެ ގިނަ މަގު ބިމު އަޑީގައި ބިނާކޮށްފައިވާކަމަށް ލަފާކުރެވޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން މަނާކުރެވިފައިވާ ބައެއް އުކުޅުތަކާއި ހަތިޔާރުތައް އިސްރާއީލުން ބޭނުންކުރަމުންދެއެވެ. އެހެންނަމަވެސް 1925 ވަނަ އަހަރު އެކުލަވާލި ގެނީވާ ޕްރޮޓޯކޯލްގެ ދަށުން އެފަދަ ހަތިޔާރުތައް ބޭނުންކުރުންވަނީ ބައިނަލްއަޤްވާމީ ގޮތުން މަނާކުރެވިފައެވެ. މީޑިއާތަކުން ބުނާގޮތުން، ނޭވާލާ ނިޒާމު ނުވަތަ ހަމުގެ ޒަރިއްޔާއިންވިޔަސް އެފަދަ ގޭހެއް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ މީހާގެ ނާރުތައް ހަލާކުކޮށްލައި އެއް މިނެޓާއި 10 މިނެޓާއި ދެމެދުގެ ވަގުތެއް ތެރޭގައި މަރާލައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު