Saturday, 13 April 2024

މާލޭ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އާޒިމާއަށް، ޑރ. މުއިއްޒުގެ ތާޢީދު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވައިފިއެވެ.

އެކަމަނާއަށް ތާޢީދުކުރައްވާކަން ހާމަވެފައިވަނީ، އިންތިހާބީ ރައީސް ޑރ. މުއިއްޒު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އާޒިމާ ވާދަކުރައްވަން ނިންމަވައި އާޒިމާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއް ރީޕޯސްޓްކުރެއްވުމުންނެވެ.

އެކަމަނާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގުވެރިކަން ހުންނެވީމަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *