23 އެޕްރީލް 2025

2034 ގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ސައުދީއަށް ލިބުން

ކުރިން ޝައުޤުވެރިކަން ފާޅުކުރި އޮސްޓްރޭލިއާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ނުކުރާތީ، ސައުދީ އަރަބިއާ އަށް ބިޑް ކާމިޔާބު ވާނެކަމުގެ ޔަޤީންކަން ލިބިއްޖެއެވެ.

މިމަހުގެ ކުރީކޮޅު ފީފާ އިން  2034 ގެ މުބާރާތް ބާއްވަން އޭޝިއާ އަދި އޯޝޭނިއާގެ ޤައުމުތަކަށް ބިޑް ކުރަން ހުޅުވާލުމާއެކުު މާ ގިނައިރެއް ނުވެ ސައުދީ އަރަބިއްޔާ އިން ވަނީ މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރަސްމީކޮށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު، މުބާރާތް ބާއްވަން ޝައުޤުވެރިކަން ފާޅުކުރި އޮސްޓްރޭލިއާ ވަނީ ބިޑް ހުށަނާޅާން ނިންމައިފައެވެ. އޮސްޓްރޭލިއާ އިން ބުނީ އެ ޤައުމުން އެންމެ ބޮޑަށް އަމާޒު ކުރަނީ 2026 ގެ އަންހެނުންގެ އޭޝިއަން ކަޕާއި 2029 ގެ ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވަން ބިޑް ކުރާށެވެ. އެހެންކަމުން 2034 ގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރި ހަމައެކަނި ޤައުމަކީ ސައުދީ އަރަބިއްޔާއެވެ.

ފީފާ ކައުންސިލުން ބުނީ، ބިޑިން ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގައި ފީފާގެ ބެލުމުދަށުން ވޯލްޑް ކަޕްގެ 2030 އަދި 2034 ވަނަ އަހަރުގެ އެޑިޝަނަށް ބިޑް ދިރާކުރުން ކުރިއަށް ގެންދާނެ ކަމަށާއި، ހޯސްޓުން އައްޔަންކުރާނީ ފީފާ ކޮންގްރެސްތަކުން ކަމަށް ބެލެވެނީ 2024 ހަތަރު ވަނަ ކުއާޓަރުގެ ނިޔަލަށް ކަމަށެެވެ.

ވޯލްޑް ކަޕްގެ ޚުލާސާއެއް:

  • 2026 ގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން.
  • 2030 ގައި ވޯލްޑް ކަޕަށް ގަރުނެއް ފުރޭ މުބާރާތް ބާއްވަން އެފްރިކާ ބައްރުގެ މޮރޮކޯ އާއި ޔޫރަޕްގެ ޕޯޗުގަލް އާއި ސްޕެއިން ގުޅިގެން، އެ މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅުވަން ހަމަޖެހިފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރަގުއޭގައި
  • 2034 ގައި އޭޝިއާ ބައްރުގެ ސައުދީ އަރަބިއްޔާގައި
  • އެންމެ ފުރަތަމަ ވޯލްޑް ކަޕް 1930 ގައި ބޭއްވީ އުރުގުއޭގަ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު