Tuesday, 18 June 2024

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފި

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.

މިމަހުގެ 1 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 70 ޖަލްސާގައ،ި  މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން، ޖޭއެސްސީން ވިދާޅުވީ މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާތީއާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހުމުގެ އިތުރުން އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެމައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާތީކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަޚްޤީޤަށް ސާބިތުވެފައިވާކަމަށާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށެވެ.

އެހެންވެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މުހައްމަދު އިބްރާހީމް މިއަދުން ފެށިގެން 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރައްވާފައިވާ ކަމަށް ޖޭއެސްސީންވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު