Saturday, 12 October 2024

އެމެރިކާއިން މެދުއިރުމައްޗަށް ނިއުކްލިއާ ސަބްމެރީނެއް ފޮނުވި ކަމުގެ އިންޒާރު

ޓެރަރިސްޓް އަަނިޔާވެރި އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނަށް ހިތްވަރުދިނުމުގެ ގޮތުން، ނިއުކްލިއާ މިސައިލް ފޮނުވާލުމުގެ ޤާބިލުކަން ލިބިފައިވާ ސަބްމެރިންއެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން މިއަދު ބުނެފިއެވެ.

ބާރުގަދަ ނިއުކްލިއާ ސަބްމެރިންއެއް އެ ސަރަހައްދަށް ފޮނުވިކަން އާންމުކޮށް އިއުލާނު ކުރުމަކީ އީރާނާއި އެ ޤައުމުން ވާގިވެރިވާ ފަރާތްތަކަށް އެމެރިކާ އިން ދިން ބިރުދެއްކުމުގެ މެސެޖަކަށް ވެދާނެ ކަމަށް މަޝްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

އދ. އާއި އެހެނިހެން އިންސާނީ އެހީދޭ 18 ޖަމިއްޔާއަކުން ވަނީ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އަނެއްކާވެސް ބަޔާނެއް ނެރެފައެވެ.

ޔަހޫދީންގެ އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހައްޤު އިސްރާޢީލަށް ލިބިގެންވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާއެކު ބޭއްވި ބައްދަލުވުމެއްގައި، ޢަރަބި ޤައުމުތަކުގެ ވެރިން ވަނީ، ޔަހޫދީންގެ ޖަރީމާތައް ހުއްޓައިލަން ޒަޔަނިސްޓު އިސްރާޢީލަށް ބާރު އެޅުމަށް ބްލިންކަންގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.

އޭނާ މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބްލިންކަން ވަނީ އުރުދުނާއި މިޞްރުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާއި، ޤަޠަރާއި، އެކުވެރި ޢަރަބި ޢިމާރާތުގެ އިތުރުން ފަލަސްޠީނުގެ މަންދޫބުންނާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބޭފުޅުން ވަނީ، ޔަހޫދީންގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތި ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އިތުރުވަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަން މުޅި ދުނިޔެ ވެސް ދަނެއެވެ. މުސްލިމުންގެ ގެދޮރަށް އަޅަމުންދާ ބޮންތަކާއި މިސައިލްތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ތަކެއްޗެވެ. އެމެރިކާއިން ޔަހޫދީންނަށް ކޮންމެ އަހަރަކު ފޯރުކޮށްދޭ ހަތިޔާރާއި އަސްކަރީ އެހީގެ އަގު އެތަކެއް ބިލިޔަން ޑޮލަރަކަށް އަރައެވެ.

ހަމައެހެންމެ، ޔަހޫދީންގެ އުދުވާންތަކަށް ނިމުމެއް ގެންނަން ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސް އަޅަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރީގައި ހުންނަވައިގެންނެވެ. ޒަޔަނިސްޓު އިސްރާޢީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އ.ދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ޤަރާރަކަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ ބައިޑަން ކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް ޢަރަބި ޤައުމުގެ އިސްވެރިން ގޮވައިލައްވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,488 އަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު