ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ޝަރީފް ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނަރު ޖެނެރަލް، ޢަބްދުﷲ ޝަރީފު ވަޒީފާއިން ރިޓަޔާ ކުރައްވައިފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން ކޮމިޝަނަރު ޖެނެރަލްގެ ހައިސިއްޔަތުން ޕްރޮސީޖާތައް އޮޓޮމޭޓް ކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގުރިޓީ ޗެމްޕިއަން ކުރުމުގައި އިސްކޮށް އުޅުއްވި ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން ޝަރީފު ވަކިވެވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން، ކަސްޓަމްސްގެ އިސް މުވައްޒަފުންގެ ފަރާތުން ވަނީ، ކަސްޓަމްސްގެ ކުރިއެރުމަށް ޝަރީފު ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އޭނާ ރިޓަރ ކުރައްވާފައި މިވަނީ އެ ކަސްޓަމްސްގައި މަަސައްކަތްކުރައްވާތާ 28 އަހަރަށް ފަހުގައެވެ. މަޤާމަށް ޝަރީފު އައްޔަން ކުރެއްވީ، އޭރު އެ މަޤާމު ފުރުއްވަމުން ގެންދެވީ އަޙުމަދު ނުޢުމާން އަވަހާރަވުމާއި ގުޅިގެން، ވަގުތީގޮތުން ކަސްޓަމްސްގެ ހިންގެވުމާއި ހަވާލުވެ ހުންނެވުމަށްފަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައެވެ. ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގަތީ، 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަޤާމުންނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 22 އަރެވެ. އެގޮތުން އެޑި ޑިވިޝަންތަކާއި ހަވާލުވެވަޑައިގެން ޚިދުމަތްކުރެއްވިއެވެ.

ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރި ހޯއްދަވަމުން ގޮސް ކޮމިޝަނަރާ ހަމައަށް އައި ފުރަތަމަ ކޮމިޝަނަރު ވެސްމެއެވެ. އޭގެ ކުރިން އެ މަގާމަށް މީހުން އައްޔަން ކުރަމުންދިޔައީ ސިޔާސީ ގޮތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ލިޔެފައިހުރި މަޢުލޫމާތުން އެނގޭގޮތުން ކަސްޓަމްސްގައި ޝަރީފު އުޅުއްވާތާ 30 އަހަރު ފުރިއްޖެ އެވެ. އެކަމަކު ޚަބަރުގައި ބުނަނީ 28 އަހަރުކަމަށެވެ. 2 އަހަރުގެ ކޯހެއްގައި ވަޑައިގެންނެވީބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު