Tuesday, 23 July 2024

އެކަނިވެރިމައިންގެ އިނާޔަތް ދިނުމުގައިވެސް އޮޅުންބޮޅުން؛ ފައިސާ އަނބުރާ ހޯދަން އަންގައިފި

އެކަނިވެރިި މައިންނަށް އިނާޔަތް ދިނުމުގައިވެސް އޮޅުންބޮޅުންވެ، އުސޫލާ ހިލާފަށް 93،000ރ. ދީފައިވާ މައްސަލައެއް ތިލަވެއްޖެއެވެ. އެހެންވެ، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދަން އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

މިކަން ހާމަވެފައިވަނީ، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ނެރުއްވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާ ކަންކަމުންނެވެ. އެގޮތުން އެކަނިވެރި މައިންގެ އެލަވަންސް ލިބެން ނުޖެހޭ ނުވަ މީހަކަށް 93،000ރ. ދައުލަތުން 2020 ވަނަ އަހަރު ދީފައިވާ ކަން ފާހަގަކުރައްވާފައިވެއެވެ.

ކައިވެނި ކޮށްގެން އުޅޭ މީހުންނަށް އެ އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދުގައި އޮތަސް ކައިވެނިކޮށްގެން ތިބި ބައެއް މީހުންނަށް އެ ފައިސާ ދީފައިވާކަން ފެމިލީ ކޯޓު މެދުވެރިކޮށް ހޯދި މައުލޫމާތުން ވަނީ ކަށަވަރުވެފައިވާ ކަމަށާއި، އެގޮތަށް ދިމާވަނީ އެލަވަންސް ދިނުމުގެ ކުރިން ކައިވެންޏާއި ވަރީގެ މައުލޫމާތު ކޯޓުތައް މެދުވެރިކޮށް ބެލޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކޮށްފައި ނެތުމުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އެހެންކަމުން، އޮޑިޓަ ޖެނެރަލް އަންގަވާފައިވަނީ އެކަނިވެރި މައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށާއި ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށެވެ. ކައިވެންޏާއި ވަރީގެ މައުލޫމާތު އެނގޭ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން އެ ރިޕޯޓުގައި ލަފާ ދީފައިވެއެވެ.

ދައުލަތުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ މާލީ ގެއްލުންތަކަށް މުވައްޒަފުން ޒިންމާވާން ޖެހޭނެކަމަށާއި، އަދި ޒިންމާ ނެގުމަށް މުވައްޒަފުން ދެކޮޅު ހަދާ ނަމަ ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ހުށަހެޅުމަށް ވެސް އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު