Friday, 04 October 2024

ބިންވެރިޔާ: ދޫނުކޮށް ހުރި ގޯތީގެ ރަޖިސްޓްރީތައް ހޮނިހިރު ދުވަހުގެ ކުރިން ދޫކުރަނީ

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ރަޖިސްޓްރީގެ ހުރިހާ ކަމެއް، އަންނަ ހޮނިހިރު ދުވަހުގެ ކުރިން ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ރަޖިސްޓްރީގެ ބޮޑު ބައެއް ހަވާލުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ލިބުނު ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ސޮއިނުކޮށް، ރަޖިސްޓްރީ ހަވާލުނުކޮށް ހުންނާނީ ގުޅިފަޅުގެ ގޯތީގެ ރަޖިސްޓްރީތައް ކަމަށެވެ.

ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން ނާންގާ 1،500 އެއްހާ މީހުން އެބަތިބި ކަމަށާއި، އެކަމަކު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވެސް އެ މަސައްކަތްތައް ނިންމާލާނެ ކަމަށް ވިދާޅުވި އެވެ.

"ރަޖިސްޓްރީ ބަލާ ނާންނަ މީހުންގެ ރަޖިސްޓްރީއާއެކު ނޮވެމްބަރު 11ގެ ކުރިން ޕޯޓަލްއަށް ރަޖިސްޓްރީތައް ހުށަހަޅާނަން." އަކްރަމް ވިދާޅުވި އެވެ. ސަރުކާރުން ވަނީ މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފައެވެ.

ދޫކުރާ ގޯތީގެ ތަފްސީލް:

  • ގުޅިފަޅުން 2،218 ގޯތި
  • ހުޅުމާލެއިން 1،351 ގޯތި
  • ގިރާވަރުފަޅުން 5،432 ގޯތި

"ބިންވެރިޔާ" ސްކީމްގެ ދެ ވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަމަވިއިރު، ގޯއްޗަށް 19،347 ފޯމު ހުށަހެޅިއެވެ.

މިސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުވަޅުން ގޯއްޗަށް ހުޅުވާލުމުން 20،000 އެއްހާ މީހުން ކުރިމަތިލިއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޮގަސްޓް 27 އިން ފެށިގެން އަންނަނީ ސޮއިކުރަމުންނެވެ. މިނިސްޓްރީން އޭރު ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ކުރިން ގޯތީގެ އިން ކަނޑައި، ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު