Thursday, 20 June 2024

އާބަންކޯއިން ދޫކުރަމުންދާ ބިންތަކަކާ ގުޅޭ މައްސަލަތަކެއް، އޭސީސީން ވަދެއްޖެ

ބިންތައް ކުއްޔަށް ދޫކުރި މައްސަލައެއްގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯއަށް ވަދެއްޖެއެވެ.

އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން އާބަންކޯއަށް ވަދެފައިވަނީ، ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލުމާތު ހޯދުމަށެވެ. އެކަމަކު، ބިންތައް ދޫކޮށްފައިވަނީ ކޮންތާކުން ކިހިނެތް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ތަހްގީގު ކުރިއަށްދާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުން ހުއްޓުވައި އެކަމުގެ ތަހުގީގަށް އިއްޔެ އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުންވެސް މީގެ ކުރިން ވަނީ، ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެއަށްފަހު، ނިމިގެން މިދާ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އާބަންކޯއަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި މިއަދު އޭސީސީން އާބަންކޯއަށް ވަނީ އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ބިންތައް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އާބަންކޯއިން މަސައްކަތްކުރަން އުޅުނީ ހުޅުމާލޭ ފޭސް 2 އަކުން ފަރުކޮޅުފުށިން ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު