Thursday, 18 April 2024

މަސައްކަތް ކުރިއަށްދާނެ، ފުލެޓު ދިނުން މަޑުޖައްސާލެވޭކަށް ނެތް: އަކްރަމް

ސަރުކާރުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްވެސް ނުހުއްޓޭނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވެފައިވާއިރު، ފްލެޓްތައް އަވަސް އަރުވާލައިގެން ހަވާލުކުރުމުގެ ބަދަލުގައި އެކަން އާ ސަރުކާރާ ހަވާލުކުރުމަށް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ސަރުކާރު ދެމި އޮތްހާ ދުވަހަކު ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެމަސައްކަތް ހުއްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެމަސައްކަތް ހުއްޓަން ޤާނޫނުގައި ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން ކަންބޮޑުވާ އެއްވެސްކަމެއް ނެތްކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މިކަމާގުޅިގެން އޭސީސީއިން ބަލަމުންދާ މައްސަލައަށްވެސް ފުރިހަމައަށް ސަރުކާރުން އެއްބާރުލުންދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަސައްކަތް ކުރިއަށްދާނެ ހަމަ އެދާގޮތަށް. ޕްރޮސެސް ފޮލޯކުރާނެ އަޅުގަނޑުމެން،" އަކްރަމް ވިދާޅުވިއެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ 4000 މީހުންގެ ލިސްޓު ވަނީ މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާްއި އެކު ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ގުލިގެން ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) އިން ވަނީ ހައުސިންގ މިނިސޓްރީއަށް އަންގާފައެވެ.

އޭސީސީން މިކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުންދާތީ އެވެ. އެ މައްސަލާގައި އޭސީސީން ވަނީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓުތައް ހަވާލު ނުކުރަން މިނިސްޓްރީއަށް އަންގާފައެވެ.

މިއާއެކު، މި މައްސަލައާ ގުޅިގެން އޭސީސީން ހިންގަމުންދާ ތަހުގީގަށް މައުލޫމާތު ހޯދަން އިއްޔެ ވަނީ ހައުސިން މިނިސްޓްރީ އަށް ވަދެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަކި ބަޔަކަށް ފްލެޓް ނުލިބިގެން މަސައްކަތް ހުއްޓުވަން އޭސީސީ ކަންބޮޑުވެގެން އުޅޭތަން ފެންނަނީ. މީ ވެސް ރަނގަޅު ގޮތެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *