މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
އެއިދާރާއިން ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް މިރޭ 19:15 އިން 00:15 އަށެވެ.
މެޓުން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިވަގުތުވެސް މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ.