23 އެޕްރީލް 2025
ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް

އެމްޑީޕީ މީހުންނަށް ބޭރު ގައުމުތަކަށް ނޭރޭ ވަރު ކުރާނަން: ނަޝީދު

އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުުވެފައިވަނީ ޔޫއޭއީގައި މިއަދު ފެށިގެން ކުރިޔަށް ގެންދާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

މެންބަރު އިސްމާއިލް ފޮނުއްވި ސިޓީގައި ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް އެމަނިކުފާނު ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށް ވިދާޅުވެފައިވެއެވެ. އަދި، އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓުން ނަޝީދު އުނި ކުރެއްވުމަށް ވެސް އެދިފައިވެއެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ ލީޑާޝިޕްގައި ބޭފުޅުން ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށެވެ.

"އަސްލަމް، ތިޔަ ހުރިހާ ތާކުން އެމްޑީޕީ މީހުން ވަކި ކުރާނަން، އަދި ބޭރު ގައުމު ތަކަށް ނޭރޭ ވަރު ކުރާނަން" އެ ސިޓީއަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވެފައިވެއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ބޭރު ޖަމްއިއްޔާއަކުން ލިބިލެއްވި މަގާމެއްގެ ވާހަކަ، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެ ގްރޫޕުގައި ހިއްސާކުރެއްވިއެވެ.
އެ މެސެޖުގެ ރައްދުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ގެއްލުމަކީ ދެން ކުރިމަތިވާން ހުރި ކަންކަމާ އަޅާކިޔާއިރު އަދި ކުޑަ ކަމެއް ކަމަށެވެ.
އެ ސިޓީ ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ޅިޔަނު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)، އަދި އެމަނިކުފާނުގެ ކޮއްކޮ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އެންގުމަށް ކަމަށާއި އެމްޑީޕީގެ ލީޑަޝިޕުން އުޅެނީ "ކުޑަކުދިންތަކެއް އުޅޭހެން" ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެހުއްޓީ ހުއކަލޭގެ ބަސް އަހާނެ ހަމަ އެކަކު ނެތޭ ދުނިޔޭގައިވެސް މި ރާއްޖާގައިވެސް އަންނި އެޕިސޯޑް ނިމެނީ ދެން ނުލިބޭނެ މަޖްލިސް ގޮނޑިގަޑެއްވެސް. ފެއިލްވީ ބާކީވީ ބޮނޑުބުޑަށް ސައިވަނީ. އަރާނެ ގެއެއް ބޯޑުގަ ބޭރުގަވެސް ނެތް. ހެހެހެހެ. ދެންއުޅެން ޖެހޭނީ ގުރައިދޫގައި. މީހަކު ދުނިޔޭން މޮޔަވަނީ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު