Saturday, 12 October 2024

އެމްއެންޕީއިން ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޕީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕާޓީގެ ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެމްބަރުން ކުރިމަތިލުމަށް ހުޅުވާލި ދާއިރާތައް

  • ހުޅުދޫ ދާއިރާގެ ރައީސް (ސައުތު ރީޖަން)،
  • މަރަދޫ ދާއިރާގެ ނައިބު ރައީސް (ސައުތު ރީޖަން)،
  • ކެންދޫ ދާއިރާގެ ރައީސް (ނޯރތް ރިޖަން)،
  • ކެންދޫ ދާއިރާގެ ނައިބު ރައީސް (ނޯރތް ރިޖަން)،
  • ވިމެންސް ވިންގުގެ މެމްބަރު (އަޕަރ ނޯރތް ރީޖަން)،
  • ވިމެންސް ވިންގުގެ މެމްބަރު (ސައުތު ސެންޓްރަލް ރީޖަން)،
  • ޔޫތް ވިންގުގެ މެމްބަރު (ސެންޓްރަލް ރީޖަން)،
  • ޔޫތް ވިންގުގެ މެމްބަރު (އަޕަރ ނޯރތް ރީޖަން)،
  • ޔޫތް ވިންގުގެ މެމްބަރު (މާލެ ރީޖަން)،
  • ޔޫތް ވިންގުގެ މެމްބަރު (ނޯރތް ރީޖަން).
  • ސ.މީދޫ ދާއިރާގެ ރައީސް

އެ ޕާޓީން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕާޓީގެ އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއިއެކު މިމަހުގެ 21 ވާ (އަންގާރަ) ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީގެ ފުރަތަމަ ފަންގިފިލާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެ ޕާޓިން ވަނީ އެދިލައްވާފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމްއެންޕީ އިން ވަނީ ކެނޑިޑޭޓަކު ނެރެ، ރިޔާސީ އިންތިހާބުގައި ވާދަކުރައްފައިވަނީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ފުރަތަމަ ބުރުގައި ބަލިވުމުން، އެއްވެސް ޝަރުޠެއް ނެތި، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ނިސްބަތްވާ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު