ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި މީހަކު މާލެއަށް ގެނެސްފި

ފުވައްމުލަކުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ، ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހަވީރެވެ. އަނިޔާ ލިބިގެން އެ މީހާ ގެނައި އިރު ހާލު ސީރިއަސް ކަމަށާއި، އަނިޔާ ލިބިގެން ގެނައި ޒުވާނާގެ ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި އަދި އެތެރެހައްޓަށް ބޮޑު ގެެއްލުމެއް ލިބިފައިވާ ކަމަށް އެނގިފައިވެއެވެ.

އެހެންކަމުން އޭނާ ރޭގެ ވަގުތެއްގައި އައިޖިއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އިތުރު ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ފުވައްމުލަކުގައި ސައިކަލަކާއި ލޮރީއެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ އެކްސިޑެންޓުގައި 19 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ މޫނުމައްޗާއި ބޮލަށް އަދި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު