Tuesday, 23 July 2024

3 ރިސޯޓް ދަތުރު، 3 ނަސީބުވެރިން؛ "މިކްސް ގްރިލް" އިން އޯޑަރ ކޮށްލައިގެން

މިކްސް ގްރިލްގެ ވަރަށް ފޯރިގަދަ ޕްރޯމޯޝަން ތަކެއް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެބަ ކުރިއަށްދެއެވެ.

މި ޕްރޯމޯޝަންތަކަކީ މިކްސް ގްރިލް އިން އޯޑަރ ކޮއްލައްވައިގެން ފަސޭހަކަމާއެކީ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތުތަކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޯމޯޝަންއަކީ މިކްސް ގްރިލް އިން އޯޑަރ ކޮއްލައްވައިގެން ރިސޯޓް ދަތުރެއް ހޯދުމުގެ ފުރުސަތެކެވެ.

އެއްވަނައަށް ދާ ނަސީބުވެރިޔާއަށް (-/9،560) އަގުހުރި ވޯޓަރވިލާއެއްގައި ދެ ބޭފުޅަކަށް އެއްރޭ ދެދުވަސް ހޭދަކޮށްލުމުގެ ފުރުސަތު، ދެވަނައަށް ދާ ނަސީބުވެރިޔާއަށް (-/5،785) އަގުހުރި ބީޗްވިލާއެއްގައި ދެ ބޭފުޅަކަށް އެއްރޭ އެއްދުވަސް ހޭދަކޮށްލުމުގެ ފުރުސަތު، އަދި ތިންވަނައަށް ދާ ނަސީބުވެރިޔާއަށް (-/4،780) އަގުހުރި ބީޗްވިލާއެއްގައި ދެ ބޭފުޅަކަށް އެއްރޭ އެއްދުވަސް ހޭދަކޮށްލުމުގެ ފުރުސަތެކެވެ.

މިކްސް ގްރިލްގެ ދެވަނަ ޕްރޯމޯޝަންއަކީ، 2 ޗިކަން ރައިސް ޕެކް ބައްލަވައިގަނެގެން ހިލޭ އިތުރު އެއް ރައިސް ޕެކް ހޯދުމުގެ ފުރުސަތެވެ. ވައިބަރ އަދި ފޯނު ކޮއްލައްވައިގެން އޯޑަރ ކޮއްލުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ކުރައްވާ ކޮންމެ އޯޑަރ އަކަށް ވަރަށް މީރު ބޮނޑިބަތް ތައްޓެއް ލިބިވަޑާއިގަނަވާނެއެވެ. ވައިބަރ އަދި ފޯނުން އޯޑަރ ކޮށްލުމަށް 7238080 އަދި ވެބްސައިޓް https://mixgrill.mv/ ޒިޔާރަތް ކޮއްލެއްވުމަށް އެފަރާތުން އެދެއެވެ.

މިކްސް ގްރިލް އަކީ މީގެ 3 މަސް ކުރިން އުފެދުނު ފާލިމް ގްރޫޕް ފވޓ ލޓޑ ގެ އިންވެސްޓްމެންޓެކެވެ. މި ތަނުގެ މަޤްސަދަކީ، ފަސޭހަކަމާއި އެކީ އޯޑަރ ކޮށްލައިގެން، ހުންނެވި ތާކަށް، ކުޑަކުޑަ ވަގުތު ކޮޅެއްތެރޭ، މީރު އަދި ދިވެހީންނާ ގުޅޭ ފަރިއްކޮޅުތައް ފޯރުކޮށްދިނުމެވެ. ކުޑަ ދުވަސްކޮޅެއްގެ ތޭރޭގައި ވެސް މިކްސް ގްރިލްގެ ކަސްޓަމަރ ބޭސްގައި 500 މެންބަރުން ހިމެނުމުން އަންގައިދެނީ މިކްސް ގްރިލްގެ ރަހަތަކުގެ ފުރިހަމަ ކަމާއި، ހިދުމަތް ފޯރުކޮށްދިނުމުގެ އަވަސް ކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު