Saturday, 13 April 2024

ވިލިނގިލީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްފި

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު، ގއ. ވިލިނގިލީ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި އޭނާ ރޭޕްކޮށްފައިވާ މައްސަލައެއްގައި ހިމެނޭ ތިން މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަކީ، ލ. ގަން، މަތިމަރަދޫ ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ އާއި، ގއ. ވިލިނގިލި، ކެޔޮވިނަ، އަހްމަދު ޝާލް، ގއ. ވިލިނގިލި، މަލަސް، މުހައްމަދު މާއިލް މިހާދުއެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ.

ހަމައެހެންމެ، މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ ވެސް މި މީހުންގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

އިބްރާހީމް ރިޒާ ހައްޔަރު ކޮށް ކުޑަކަމުދާ ތަކެތި ނަގައި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށާއިި، ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *