Tuesday, 18 June 2024

ނުކުޅެދުންތެރިކަން ހުންނަ މީހުން މިހާރު މުޖުތަމަޢުއިން ބަލައި ގަންނަމުންދާކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވެ، އެފަދަ މީހުން މިހާރު މުޖުތަމަޢުއިން ބަލައި ގަންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނަނުކުޅެއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ކެއާރ ސޮއައިޓީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓާރުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތާއި، އެފަދަ މީހުން، މީހުން ބަލައިގަންނަ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، މި ކަމުގައި ހޭލުންތެރިކަން ހުރި މިންވަރު މި މުޖްތަމައުއަށް ބަލާލުމުން ފެނިގެން ދާކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ދެކޭގޮތް ބަދަލުވީ އަމިއްލަ ޖަމުއިއްޔާތަކާއި ސަރުކާރުތަކުން ކުރި މަސައްކަތުންކަމަށާއި، އެގޮތުން ކޮންމެ މަސައްކަތަކީވެސް އެކުވެރިކަމާއިއެކު އެއްބައިވަންތަކަމާއެކު ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެއް ކަމަށާއި، މިފަދަ މަސައްކަތެއްގައި ބޭނުންވަނީ މުޖްތަމައުގައި ބޭނުންޖެހިފައި ތިބި ފަރާއްތަކަށް އަޅާލާނެ ބަޔަކުކަމަށެވެ.

މިކަމަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތަށް ކުރާކަމެއް ނޫން ކަމަށާއި، ޑިޕާޓްމަންޓް އޮފް އިންކުލޫސުވިން އުފައްދާ ސުކޫލްތަކުގައިވެސް މި ކަންތައް ފުޅާކޮށް އެކަން ރަނގަޅުކުރަން ގިނަ ކަންތައްތަކެއް ކުރެވިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު