Friday, 04 October 2024

ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލުގެ އުޅަނދުތަކެއް ފުނޑުފުނޑުކޮށްލައިފި

އިސްރާއީލުގެ ހައްދުފަހަނަ އެޅި ފައުޖުތަކުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހިންގަންފެށިތާ 35 ވަނަ ދުވަހު، އިސްރާޢީލު ސިފައިންގެ ފައުޖުތަކުގެ އުޅަނދުތަކަކަށް ޙަމަލާދީ ފުނޑުފުނޑުކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރީ އުޅަނދުތަކަކަށް ދިން ރިކޮޓް ޙަމަލާތައް ދީފައި މިވަނީ ޣައްޒާގެ އުޅަނގުއުުތުރު ބިތުގައި، ޣައްސާގެ އަސްކަރި ސިފައިން ޔަހޫދީންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ.

ހަމާސް ޖަމާޢަތުން ހާމަކުރައްވާފައިވާ ގޮތުގައި ފަލަސްޠީނުގެ މުޖާހިދުން ދިން 105 ރޮކެޓް ޙަމަލާ ފޮނުވާލާފައިވާ ކަމަށާއި އެ ޙަމަލާތަކުގައި ދެ ޓޭންކް ފުނޑުުފުނޑުކޮށްލާފައިވާ ކަމަށެވެ.

މީގެއިތުރުން އިސްރާއީލުގެ މިލިޓަރީ ބޭސްއަކަށްވެސް ވަނީ، މި ރިކެޓް ޙަމަލާތައް އަމާޒުކޮށްފައެވެ.

އަނިޔާވެރި ޔަހޫދީން މި ކަމަށް އެއްބަސްވެފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,812 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 24,000 އަށް އުފުލިފައެވެ.

ޔަހޫދީން ޣައްޒާގައި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމެވެ. މުސްލިމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް އަޅަމުންދާ ބޮންތަކާއި މިސައިލްތަކަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ކަމެވެ. ޔަހޫދީންނަށް 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮންތަކެއް ފޮނުވަން އެމެރިކާއިން ދާދިފަހުން ނިންމާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޣައްޒާގައި ރައްކާތެރި ކަމަށް ބުނެވޭނެ އެންމެ ޢިމާރާތެއް ވެސް ނެތް ކަމެވެ. އަދި، ޢާންމު ރައްޔިތުން ދިރިއުޅޭ ހުރިހާ ޢިމާރާތަކަށް ޔަހުދީން ހަމަލަ ދެމުންދާ ކަމެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތައް ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލަތަކުން ސަލާމަތް ވާން ޣައްޒާގެ ދެކުނަށް ދަތުރުކުރާ މީހުންނަށް ވެސް ޔަހޫދީން ދަނީ ހަމަލަ ދެމުންނެވެ.

ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމުގެ މައްޗަށް އެކުލެވިގެންވާ 'ގްރޫޕް އޮފް ސެވަން' (ޖީ7)ން ވަނީ، ޔަހޫދީންގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލުމަކީ ޔަހޫދީންނަށް ލިބިގެންވާ ހައްޤެއް ކަމުގައި ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު