18 ޖަނަވަރީ 2025

ރައީސް ޞާލިޙުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރުން ނިކުމެވަޑައިގަންނަވައިފި

ފަސް އަހަރުގެ ރިޔާސީ ދައުރު އަންނަ ހުކުރު ދުވަހަށް ފުރިހަމަވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު, މުލިއާގެ ދޫކުރައްވާ އެހެން ގެކޮޅަކަށް ދިރިއުޅުން ބަދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙުގެ ދެކަނބަލުން މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ މަހުގެ 30 ވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި، ރައީސް ސޯލިހުގެ ދެކަނބަލުން ބަދަލުވެވަޑައިގަތީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން އަންނަ މ. ސަނީ އިން އަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަފުޅު ގެކޮޅު ކަމަށްވާ ގ. ދޫވެހީގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވާފައި ވަނީ މުލިއާގޭގައެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވާފައި ވަނީ މުލިއާގޭގައާއި ތީމުގޭގައެވެ.

ރިޔާސީ އާ ދައުރު ފެށެން ހަ ދުވަހަށް ވެފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާނެ ގެކޮޅެއް އެމަނިކުފާނުގެ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު